ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލުކޮށްފި

ޚަބަރު ފަހުގެ

ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމައިފިއެވެ.

މާވެޔޮމަގުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ލިބޭ އާއްމުދަނީން ކުއްޔާއި ބިލު ދައްކާފައި އިތުރު ފައިސާ ނުހުންނަ ޝަކުވާ ވަރަށް ގިނަ މީހުން ކުރާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން އެކަމަށް ހައްލެއް ހޯދައްދިނުމަށް މީހުން ދިރިއުޅޭ ގޭގެއިން ކިތަންމެ ގިނައިން ބޭނުން ކުރި ނަމަވެސް ކަރަންޓު ބިލު ވަކި ވަރަކަށްވުރެ ބޮޑު ނުވާ ގޮތަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިއަދު މިނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކުން ވެސް ކަރަންޓު ރޭޓު ފްލެޓު ރޭޓަކުން ނަގާ ގޮތަށް،” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިއަދު ގެންނެވި އެ ބަދަލާއެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރި ނަމަވެސް އަގު ބޮޑު ނުވާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ