އެމްޑީޕީ ދޫކޮށް ހދ. އަތޮޅު ކައުންސިލް ރައީސް ސިރާޖު ޕީޕީއެމްއާއި ގުޅިއްޖެ!

ފަހުގެ ސިޔާސީ

ހދ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ސިރާޖު އެމްޑީޕީ ދޫކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާިއ ގުޅިއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒު ބައިވެރިވާ ކުޅުދުއްފުށީ ޖަލްސާގައި ސިރާޖު ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ ޑރ. މުއިއްޒުއާއި، ޕީޕީއެމް ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމާއިއެވެ.

އިޝްތިހާރު
އިޝްތިހާރު

ސިރާޖަކީ ހދ. އަތޮޅު ކައުންސިލުގެ ރައީސް ކަމުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި ބޭފުޅެކެވެ.

މިރޭ ކުޅުދުއްފުށީގައި އޮތް ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. މިފޯމުތަކާއިވެސް ހަވާލުވީ މުއިއްޒުއެވެ.

މުއިއްޒު ކެމްޕޭނަށް ކުރައްވާ ދަތުރުގައި ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ ބޭފުޅުން ގެންދަނީ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅެމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ