އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

ޚަބަރު ފަހުގެ

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުންގެ މުސާރައަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯސަން ޖަގަހަގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މުސާރައަށް ބަދަލު ގެންނައިރު ހަމަހަމަ ކަމާއެކު އެކަން ކުރުމަށް ބައްލަވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ޕައިލެޓުންނާއި އިންޖިނިއަރުންނާ އަދި ކްރޫއިންނާ އެހެން ގޮސް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުންނެއް އެބަ އުޅޭ. މިހާރު އަޅުގަނޑުމެން ވާނީ އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއު ކުރުމުގެ މަސައްކަތްތަކެއް ފަށާފައި. ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫއިންނާ މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،” ރައީސް ވިދާޅުވި އެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެކަން ރައީސް އިއުލާނު ކުރެއްވި އިރު، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންނާއި ސިވިލް ސާވަންޓުން އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ