ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ނަޝީދު ރައީސް އޮފީހަށް

ޚަބަރު ފަހުގެ

ރައީސް އިބްރާހިމް މުހައްމަދ ސޯލިހާ ބައްދަލު ކުރެއްވުމަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

މިއީ، ވެރިކަން ކުރާ އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު މިދިޔަ ޖޫން މަހުގެ 21ގައި އެ ޕާޓީން ވަކިވެވަޑައިގަތް ފަހުން ދެ ބޭފުޅުން މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެ ބޭފުޅުން މި ބައްދަލުކުރައްވަނީ، އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރައީސް ކެމްޕޭން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމުގެ މަސައްކަތްތައް ނަޝީދު ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ