ރައީސް ސޯލިހަށް ތާއީދު ނުކުރަން އައްބާސް ނިންމަވައިފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

މުހައްމަދު އައްބާސް އަކީ އެމްޑީއޭ އުފެއްދުމުގައި އާއި އެ ޕާޓީގެ އިންތިގާލީ ކައުންސިލާއި ގައުމީ ކައުންސިލުގެ ވެސް މެންބަރެކެވެ.

އިޝްތިހާރު
އިޝްތިހާރު

އައްބާސް ވިދާޅުވީ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އެ ނިންމުން ނިންމެވީ ވޯޓުލީ %80 ރައްޔިތުންގެ ތެރެއިން މެޖޯރިޓީ ރައްޔިތުން ރައީސް ސޯލިހް ވެރިކަން ކުރެއްވީ ރަނގަޅަށް ނޫން ކަމަށް ބުނެފައިވާތީ ކަމަށެވެ.

އަދި ނ. ވެލިދޫ ދާއިރާގެ ރައްޔިތުންނާއި ނ. އަތޮޅުގެ ރައްޔިތުންގެ ވޯޓުން ވެސް ރައީސް ސޯލިހް ވެރިކަން ކުރެއްވީ ރަނގަޅަށް ނޫން ކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ރައްޔިތުންގެ ނިންމުމަށް އޭނާ އިހްތިރާމް ކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ