ށ.ޅައިމަގު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

ށ.ޅައިމަގު ބަނދަރު ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިހާރު ވަނީ މި މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައެވެ.

މި މަޝްރޫޢުއަކީ ޅައިމަގު ބަނދަރަށް ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީއިން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 276 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 350 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 500 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމާއި، އެއް ތިރީސް ހާސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ށ.ޅައިމަގު ބަނދަރު ބޮޑުކުރާއިރު، މިއީ ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ބަނދަރެކެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ތޭރަ ސަތޭކަ އަށްޑިހަ އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓްލުމާއި، މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

ޅައިމަގު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން 56.3 މިލިއަން ރުފިޔާ ޚަރަދުކުރައްވާ މަޝްރުޢެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ