މަރަދޫ ދާއިރާގެ މެންބަރު ޝަރީފަށް ހަމަލާދީ ޒަހަމްކޮށްލައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މަރަދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދެންމެ ފުލުހުން ބުނެފައިވަނީ މެންހެޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުއްޓާ ޝަރީފަށް ބަޔަކު ހަމަލާ ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދިސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން” ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޕީ ޝަރީފަށް ހަމަލާ ދިނީ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ފޮޓޯތަކުން ފެންނަގޮތުގައި ހަމަލާދީ ލޯމަތި ފަޅާލައި ލޭއަރުވާލާފައިވެއެވެ. ޝަރީފަށް ބަޔަކު ހަމަލާ ދީފައިވާއިރު ފޭދޫ ދާއިރާގެ މެންބަރު ނިހާދަށް ހަމަލާދިންކަމަށް ބުނާ މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ