މާލެތެރޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ފުލުހުން ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފުލުހުންނަށް ފާހަގަކުރެވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މިފަދަ ގުރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި އިންތިހާބާއި ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުންފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ދެ މެމްބަރަކަށް ގޭންގުތަކަށް ނިސްބަތްވާ ބަޔަކު ހަމަލާދީފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ