ސްކައުޓް އެސޯސިއޭޝަނުން އޮންލައިން މެމްބަރޝިޕް މެނޭޖްމަންޓް ޕޯޓަލްއެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ޚަބަރު ފަހުގެ

ސްކައުޓް އެސޯސިއޭޝަނުން އޮންލައިން މެމްބަރޝިޕް މެނޭޖްމަންޓް ޕޯޓަލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ މެމްބަޝިޕް މެނޭޖްމަންޓް ޕޯޓަލްއެއް ފަރުމާކޮށް، ތަރައްގީކޮށް، ތަންފީޒު ކުރުމަށް ގާބިލް އަދި ތަޖުރިބާކާރު ފަރާތްތަކުން އެ އެސޯސިއޭޝަންއަށް ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިއުލާނުގައި ވާ ގޮތުން މި ޕޯޓަލްގެ ބޭނުމަކީ އިދާރީ މަސައްކަތްތައް ސްޓްރީމްލައިން ކުރުމާއި، މެމްބަޝިޕް އެންގޭޖްމަންޓް އިތުރުކުރުމާއި، ރާއްޖޭގެ ސްކައުޓް ހަރަކާތުގެ ތަރައްގީއަށް އެހީތެރިވުމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރ 09 ވަނަ ދުވަހުގެ 14:00 ގެ ކުރިންކުރީގެ އަރަބިއްޔާ ސްކޫލް ގައި ހުންނަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައި މަރުކަޒަށް ހާޑްކޮޕީ ނުވަތަ އީމެއިލް އިން info@scout.mv އަށް ހުށަހެޅުއްވުން އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ