ޕީއެންސީގެ ރައީީސްއަކަށް އިންތިޚާބީ ރައީީސް މުޢިއްޒު

ޚަބަރު ޢާޖިލް ފަހުގެ ސިޔާސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފިއެވެ.

މިރޭ އޮތް ޕީއެންސީ ސެނެޓް ބައްދަލުވުމެއްގައި ސެނެޓްގެ އައުލަބިއްޔަތުން ޕީއެންސީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި ޕީއެންސީގެ ނައިބް ރައީސް އަކަށް އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ހަމަޖައްސާވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

 

ޕީއެންސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވީ އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. އަދުރޭ ވަނީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސަވާފައެވެ.

 

އަދި މިރޭ ޕީއެންސީ ސެނެޓްގެ ނަންވެސް ވަނީ ބަދަލު ކުރައްވާފައެވެ. މިހާރު ޕީއެންސީ ސެނެޓްއަށް ކިޔަނީ “މެންބަރުންގެ މަޖިލީސް” އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ