“ވަން ގަވް” މެދުވެރިކޮށް ޓީޗިން ލައިސަންސަށް މިހާރު އެދެވޭނެ

ޚަބަރު ފަހުގެ

ދައްރިސުން ރަޖިސްޓްރީކުރުމަށާއި، ލައިސަންސް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލް އިފްތިތާޙްކޮށްފިއެވެ.

މިޕޯޓަލް އިޕްތިތާހްކޮށްދެއްވީ އެކަމަށްޓަކައި އަމީނިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕޯޓަލްއާއެކު މުދައްރިސުން ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް ވަންގަވް މެދުވެރިކޮށް ހުށައެޅޭނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ޑިޖިޓަލް ލައިސަންސް ކާޑު ދޫކުރާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފްކުރުމުގެ މަޤްޞަދަކީ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބެނުންވާ ތަޢުލީމީ ފެންވަރާއި، ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މުޖުތަމަޢު ޤަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަށާއި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާބަޔަކަށް ހެދުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

“ޓީޗިން ލައިސަންސް”ގެ އިތުރުން “ވަން ގަވް”އިން “ސްކޫލް ލީޑަރޝިޕް ލައިސަންސް” އާއި “ސްކޫލް ޕްރޮފެޝަނަލް ލައިސަންސް” އަށްވެސް މި ޕޯޓަލްއިން ހުށަހެޅޭނެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ