ޕޯސްޓް އޮފީހުގެ ނަމުގައި “ސްކޭމް” މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ޚަބަރު ފަހުގެ

ފައިސާ ހޯދުމަށްޓަކައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުން އަންނަ ކަމަށާއި، އެއީ ސައްހަ މެސެޖުތަކެއް ނޫން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ގޮތަށް ފޮނުވާ މެސެޖު ތަކުގައި ލިންކު އެޓޭޗޮ ކޮށްފައި ހުންނަ ކަމަށާއި މިފަދަ ލިންކު ތަކަށް ނުވަނުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ ފަރާތްތަށް އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. އެގޮތުން ފޭސްބުކު، އިންސްޓަގްރާމް އަދިވެސް އެނޫން ސޯޝަލް މީޑިއާ ޕްލެޓް ފޯމުތައް ބޭނުންކޮށްގެން ވެސް އެފަދަ ކުއްތައް ކުރަމުންދާ މީހުން އިތުރެވެ. އަދި ހަމަ އެހެންމެ ފޯނު ކޯލުތަކާއި، ޓެކްސްޓް މެސެޖުން ވެސް މިފަދަ ސްކޭމުތައް ކުރިއަށް ގެންދެއެވެ.

މި ފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންނާ އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ