އިންތިގާލީ މަރުހަލާ ތެރޭގައި ސަފީރުން އައްޔަންކުރަން މަސައްކަތް ކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ފަހުގެ ސިޔާސީ

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ދަނިކޮށް ދެ ގައުމަކަށް ސަފީރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުން މިއަދު ވަނީ އެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް، ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމަކީ އަލަަށް އަންނަ ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިންތިގާލީ މަރުހަލާގެ ތެރޭ ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން ނުކުރުމަށް އެެދި ވާނީ ޕީސީބީ އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

– ކުންފުނިތަކުން އާ މަޝްރޫއުތައް އިއުލާންކޮށް، ފެށުން

– ކުންފުނިތަކުން އާ އިންވެސްޓްމެންޓްތައް ފެށުން

– އެއްވެސް ބިމެއް ނުވަތަ މުދަލެއް ކުއްޔަށް ދިނުމާއި ވިއްކުން

– ލޯނު ނެގުން

– ވަޒީފާ އާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން

– ވަޒީފާތަކަށް އަލަށް މީހުން ނެގުމާއި މަގާމުގެ ކުރިއެރުން ދިނުން

– ދައްކަން ޖެހޭ އެއްވެސް ފައިސާއެއް މާފުކުރުން

– ހިންގާ ގަވައިދާއި އުސޫލުތަކަށް ބަދަލު ގެނައުން

ފިރުޒުލް ވިދާޅުވީ ރައްޔިތުންގެ ނިންމުމަކީ އާ ސަރުކާރަކާ ވެރިކަން ހަވާލުކޮށް، އާ ސިޔާސަތެއްގެ ދަށުން ގައުމު ހިންގުން ކަމަށާއި އެހެންކަމުން މި މުއްދަތުގެ ތެރޭގައި މި ސަރުކާރުން އާ މަޝްރޫއުތައް ފަށައި، މުވައްޒަފުން ނަގައި މުސާރަ ބޮޑުކުރާ ނަމަ، އަންނަ ސަރުކާރަށް އުނދަގޫވާނެ ކަމަށެވެ.

“އާ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމާއި މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާނެ. މި 37 ދުވަސް ތެރޭ މި ދެންނެވި ކަންކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ވެސް ނެތް،” ފިރުޒުލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ