މެލޭޝިއާގައި ހުރި އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ

ޚަބަރު ފަހުގެ

މެލޭޝިއާގައި ހުރި އިމާރާތަކުން ވެއްޓި ދިވެހި ދަރިވަރަކު މިއަދު މަރުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ އުމަރު އަހުމަދު ނައީމް، ގަހާތަރީގެ، އައްޑޫ ސިޓީ ހިތަދޫ، 22 އަހަރެވެ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާއަކީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ. މިއީ އެ ދަރިވަރުގެ ކޯހުގެ އެންމެ ފަހު އަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

މެލޭޝިއާގައި ހުރި ދިވެއްސަކު އޮންލައިން ނޫހަކަށް ކިޔައިދިން ގޮތުގައި އުމަރު ވެއްޓުނީ އައިޔޫކޭއެލްގެ ރަސްމީ ރެސިޑެންސް ހުންނަ ޔުނިޕާކް ކޮންޑޯގެ 14 ވަނަ ފަންގިފިލާއިންނެވެ. އެ ހާދިސާ ހިނގީ މެލޭޝިއާ ގަޑިން ރޭގަނޑު 7:00 (ރާއްޖޭ ގަޑިން ހަވީރު 4:00) ހާއިރެވެ.

އެ ފަންގިފިލާއިން ވެއްޓުނު ނަމަވެސް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ހަތް ވަނަ ފަންގިފިލާގަ އެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ 14 ވަނަ ފަންގިފިލާގައި ހުރީ ކޮން ބޭނުމެއްގައި ކަމެއް ސާފެއް ނުވެ އެވެ. އަދި ވެއްޓުނީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.

މި މަރުގެ މައްސަލަ މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ