ކުރިޔަށް އޮތް އިންތިހާބުތަކުގައި ވާދަކުރާނީ ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ގުޅިގެން – ނާޒިމް

ފަހުގެ ސިޔާސީ

ކުރިޔަށް އޮތް ހުރިހާ އިންތިހާބެއްގައި ގުޅިގެން ވާދަ ކުރަން ޕީޕީއެމް/ޕީއެންސީ އާއެކު އެއްބަސްވެފައިވާ ކަމަށް އެމްއެންޕީން މިރޭ ބުނެފިއެވެ.

އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި އެމްއެންޕީގެ ބައެއް މެންބަރުން ވަނީ ސަރުކާރާއެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައި އިންތިހާބުތަކާ ގުޅޭ ގޮތުން ހުރި ވާހަކަތައް ސާފު ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ވެފައިވާ އެއްބަސްވުމުގައި އިންތިހާބާ ބެހޭ ހާއްސަ މާއްދާއެއް އޮންނާނެ ކަމަށެވެ. އެ މާއްދާގައިވާ ގޮތުން މި ފަސް އަހަރުގެ ތެރޭ ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބެއްގައި ތިން ޕާޓީ ވާދަ ކުރާނީ ގުޅިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ގޮތުން ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭ މޭޔަރުކަމުގެ އިންތިހާބެވެ. އެއަށް ފަހު މާޗު ނުވަތަ އޭޕްރިލްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެއެވެ.

ނާޒިމް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން އެ އިންތިހާބުތަކުގައި ވެސް ވާދަކުރާނީ ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ގުޅިގެން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ