މާލޭގެ އިމާރާތެއްގެ ބައެއް ފީވެގެން ވެއްޓިޖެއެވެ.
ވެއްޓިފައިވަނީ ފަރީދީ މަގު ގޯޅިގަޑެއްގެ ތެރޭގައި ހުރި ސުންބުލާގޭގެ ބައެކެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ސުންބުލާގޭގެ އިމާރާތުން ބެލްކަނީގެ ވަނީ ތަޅައިގެން ގޮސް ވަރަށް ބޮޑަށް ވެއްްޓިފައެވެ.
މިހާތަނަށް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.