މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުތް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ މިއަދު 11:42 ހާއިރު އެވެ.
މިމީހާ އާއި ގުޅޭ އިތުރު ތަފްސީލެއް ސިފައިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.