ޕީއެސްއެމްއިން ރިޔާސީ އިންތިހާބަށް ރަށްރަށުން ނެގި މޮނީޓަރުން އެލަވަންސް ނުލިބި މާޔޫސްކަމުގައި

ޚަބަރު ފަހުގެ

މިއަހަރު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ޕީއެސްއެމުން ރަށްރަށުގައި ވޯޓުގެ މައުލޫމަތު އެއްކުރުމަށް ނެގި މޮނީޓަރުންނަށް އެލަވަންސް ނުލިބި މާޔޫސްކަމުގައި ތިބެން ޖެހިއްޖެއެވެ.

80 އަށް ވުރެއް ގިނަ މޮނީޓަރުން އެލަވަންސް ނުލިބި ތިބިއިރު އެބައިވެރިންގެ ސަކުވާތައް ހިއްސާކޮށްފައިވާ ވައިބާ ގުރޫޕެއްގެ ސްކްރީން ޝޮޓުތަކެއް ވަނީ މިނޫހަށް ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ބުރު ވޯޓުލުން ނިންމާލުމަށް ފަހު މިމަހުގެ 3 ވަނަ ދުވަހު ޕީއެސް.އެމުން ބުނީ ދޭންޖެހޭ އެލަވަންސް ވީ އެންމެ އަވަހަށް ޖަމާކުރާނެކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެތަކެއް ދުވަހެއް ވެގެން ދާއިރު އެ ގުރޫޕްގައި ތިބި އެތަށް ބައިވެރިންނެއް ވަނީ އެލަވަންސް ލިބޭނެ ތާރީހަކާ ބެހޭ ގޮތުން ސުވާލު ކޮށްފައެވެ. މި ސުވާލަށް އެގުރޫޕުގެ އެޑުމިން ގޮތުގައި ތިބި ޕީއެސްއެމްގެ ވެރިން ޖަވާބެއް ނުދެއްވައެވެ.

މިކަމާ ގުޅިގެން ބަހެއް ހޯދާލަން ޕީއެސްއެމްއާއި ގުޅާލުމުން ބުނީ އެލަވަންެސް ދޭނެ ތާރިހް ބައިވެރިންނަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވި ބައިވެރިންނަށް އެބައިވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުލިބި ކޮންމެ ދުވަހަކު މޮނީޓަރުން ދަނީ އެބައިވެރިންނަށް ހާއްސަކޮށް ހަދާފައިވާ ވައިބާ ގުރޫޕުގައި ސުވާލު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ