ދިވެހީންގެ އެހީ ރައްކާކޮށްފައިހުރި ގުދަނަކަށް ޓެރަރިސްޓު އިސްރާއީލުން ހަމަލާދީފި

ޚަބަރު ފަހުގެ

ދިވެހީންގެ އެހީ ރައްކާކޮށްފައިހުރި، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގުދަނަކަށް ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްރާއީލުން ހަމަލާދީ ހަލާކުކޮށްލައިފިއެވެ. މިހަމަލާގައި ވެއަރހައުސް ވަނީ އެއްކޮށް ހަލާކުވެފައެވެ.

އައިއޭސީގެ އޮފިޝަލަކު ވިދާޅުވީ، އެ ޖަމުއިއްޔާގެ ވެއަރހައުސްއަކަށް ސީދާ އަމާޒުކޮށް ޔަހޫދީން ހަމަލާއެއްދީފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެތަނުގައި ދިވެހީންގެ އެހީގެ ގޮތުގައި ގުދަންކޮށްފައިހުރި 2000 ރަޖާ، 1000 ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ޕެކް އަދި 3000 އަންނައުނު ޕެކް ހުރިކަމަށް އައިއޭސީން ބުނެއެވެ.

މީގެއިތުރުން އެޖަމިއްޔާގެ މުވައްޒަފުން ދަތުރުކުރަމުން ދިޔަ ވެހިކަލް އަކަށްވެސް ވަނީ ހަމަލާދީފައެވެ.

ނަމަވެސް އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ވާވަރުގެ އަނިޔާއެއް ނުވެއެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓު ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ލޭއޮހޮރުވުންތަކުގައި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް އައި.އޭ.ސީގެ ފަރާތުން ދަނީ އެކިވަރުގެ އެހީތައް ވަމުންނެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި، ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ފަންޑް ރެއިސްގެ އެކި ހަރަކާތްތައް އެ ޖަމިއްޔާގެ ފަރާތުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

އެގޮތުން، ފަލަސްޠީނުގެ މުސްލިމް ރައްޔިތުންނަށް އެހީވުމަށްޓަކައި އައިއޭސީން ހުޅުވާލި ފަންޑަށް މިހާތަނަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތު ދެއްވައެވެ. އަދި މި ޖަމިއްޔާއިން އިސްނަގާގެން ދިވެހިން ފަލަސްޠީނާއިއެކު ވާކަން ދައްކާލުމުގެ ގޮތުން “ދިވެހިންގެ ބޮޑު އެއްވުން”މުގެ ނަމުގައި ހަރަކާތެއް، މިދިޔަ ހުކުރު ދުވަހު ވަނީ ބާއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: