ހަތަރު މައިންނަށް ޖިންސީ އަނިޔާކުރި ދެވަނަ މީހާވެސް ޝަރީޢަތް ނިމެންދެން ބަންދު

ޚަބަރު ފަހުގެ

އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނަގެ 3 ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި ޢުމުރުން 24 އަހަރުގެ ދިވެހި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި މިހާތަނަށް 2 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިކަމަށެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޢުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ތެރެއިން 39 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި 24 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު މީގެ ކުރިން ވަނީ 15 ދުވަހަށް އިތުރުކޮއްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި 39 އަހަރުގެ މީހާ ހައްޔަރުކޮއްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރު ކުރީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ. މިމީހުންގެ ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމަރުކޮށްފައި ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވުމާއެކު މިފަދަ މައްސަލަތަކަށް ރައްޔިތުން ސަމާލުވާންޖެހޭކަމަށެވެ. އަދި ކުޑަކުދިންނާގުޅޭ މިފަދަ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ ފުލުހުންނަށް ނުވަތަ ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންއާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް ގުޅިގެން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ