ފަރުޟު 5 ނަމާދުގައިވެސް ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިޔުމަށް އަންގަވައިފި

ޚަބަރު ފަހުގެ

ސަރުކާރުން ވަކިގޮތެއް އަންގަންވަންދެން، ފަރުޟު 5 ނަމާދުގައިވެސް ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

 

އިޝްތިހާރު
އިޝްތިހާރު

އިސްލާމިކް މިނިސްޓްރީ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޤުނޫތު ނާޒިލާ ކިޔާނީ ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ކަމަށެވެ.

 

އެގޮތުން މިއަދު މެންދުރު ނަމާދުން ފެށިގެން ފަރުޟު ހުރިހާ ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

 

ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްކޮށްދެއްވުން އެދި މީގެކުރިން ޤުނޫތު ނާޒިލާ ކިޔަމުންދިޔައީ އަޑު ހަރުކޮށް ކުރާ ނަމާދުތަކުގައި އެކަންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ