އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

ޚަބަރު ފަހުގެ

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުގެ ހަނގުރާމަވެރި ހަރުކަށި ޔަހޫދީ ޖަމާއަތުން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުއްވެރިކުރައްވައިފިއެވެ.

ރައީސް ސާލިހް ކުރެއްވި ޕޯސްޓެއްގައި ވަނީ ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ހޮސްޕިޓަލްތަކަށާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވުންކަމަށް ވީއިރު ޔަހޫދީންނާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ދިނުމަށްޓަކައި އިންސާނީ ކޯރިޑޯތައް ޤާއިމުކުރުމަށް ރައީސް ސާލިހް ވަނީ ގޮވާލައްވާފައެވެ.

އިސްރާއީލުގެ އުދުވާނުން ހިމާޔަތް ހޯދަން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ވަދެތިބި އަލް އަހުލީ ހޮސްޕިޓަލަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 500 ފަހަނައަޅާގޮސްފައިވާއިރު މިއީ ގަތުލު އާންމެއް ކަމަށް ބުނެ، އެ ހަމަލާ ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ.

ހަނގުރާމަ ފެށުނީންސުރެ ފަލަސްތީނުގެ ދިފާއުގައި ރާއްޖެ އޮތް އިރު ރާއްޖޭގެ އެހީދޭ ޖަމާއަތަށްވެސް ވަނީ ޔަހޫދީންގެ ހަމަލާތަކާއި ކުރިމަތިލާންޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ