މަރުވެފައި އޮއްވައި ފެނުނީ ރަސްފަނާ ދިމާލު މޫދަށް ފުންމާލި މީހެއް

ޚަބަރު ފަހުގެ

މަރުވެފައި އޮއްވައި ކަނޑުމަތިން ފެނުނު މީހާ އަކީ ރޭގެ ވަގުތެއްގައި ރަސްފަންނާ ދިމާލު މޫދަށް ފުންމާލި މީހެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ، ކަނޑުމަތިން އެ މީހާ ފެނުނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފުން ބުނީ މޫދަށް ފުންމާލި މީހާ ގެއްލިގެން ރިޕޯޓުކުރީ ރޭ 7:54 ހާއިރު ކަމަށެވެ.

އެ މީހާ ހޯދަން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41،590 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ މީހާ ފެނުނީ ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ފެރީއެއްގެ ފަޅުވެރިންނަށެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ