މިއަދު ކުޅުދުއްފުށީ އެއަރޕޯޓްގައި އެއްޗެއް ގޮވައި ޒަޚަމްވި މީހުންގެ ތެރެއިން ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.
ބަލިމީހާ މާލެ ފޮނުވާލީ ބުރާސްފަތިދުވަހު ހަވީރު ޑޯނިއާ މަތިންދާބޯޓުގައެވެ.
ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި ހާލު ސީރިއަސްވީ މީހާގެ ކަނާތް ވަނީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ.
ފުލުހުން ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވީ އެއަރޕޯޓް ފަޔަރ ޓްރެއިނިންގގައި ބޭނުންކުރާ ސިލިންޑަރު ރީފިލްކުރުމުގެ ތެރޭގައި އެ ގޮވުމުގެ ސަބަބުންކަމަށެވެ. މި ހާދިސާގައި އަނިޔާވި އަނެއް 3 މީހުން ފަރުވާ ދިނުމަށްފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި ހާދިސާގައި ހާލު ސީރިއަސްވީ 31 އަހަރުގެ ފިރިހެނެކެވެ. އޭގެ އިތުރުން ދެން އަނިޔާ ލިބިގެން ފަރުވާ ދީފައިވަނީ 25 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ ފިރިހެނަކަށާއި 29 އަހަރުގެ ފިރިހެނަކަށެވެ. މިހުރިހާ އެންމެންނަކީވެސް އެއަރޕޯޓުގެ މުވައްޒަފުންނެވެ.