އެތައް ހާސް ބަޔަކު ނުކުމެ އިސްރާއީލް ބޮއިކޮޓްކޮށް، ޕާސްޕޯޓް މަނާކުރަން ގޮވާލައިފި

ޚަބަރު ފަހުގެ

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކޮށް މާލޭގައި ބޭއްވި ސުލްހަވެރި ހިނގާލުމުގައި އިސްރާއީލް ބޮއިކޮޓްކޮށް، ޕާސްޕޯޓް މަނާކުރަން ގޮވާލައިފިއެވެ.

“ރައިޓް މޫވްމަންޓް” ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ހިނގާލުން ފެށީ ސޯޝަލް ސެންޓަރު ކައިރިންނެވެ. ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއްވުމުގައި ބައިވެރިވި މީހުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަމާއި އެމީހުން އެކަނިވެރިކޮށް ނުލާނެ ކަމުގެ ޔަގީންކަން ދެމުންނެެވެ. އަދި އިސްރާއީލް ބޮއިކޮޓް ކުރުމަށާއި ރާއްޖޭގައި އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރަން ވެސް އެއްވުމުގެ ބައިވެރިން ގޮވާލާފައިވެއެވެ.

އިސްރާއީލްގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މާލޭގައި ބޮޑު އެއްވުމެއް ބޭއްވި އިރު، އިސްރާއިލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިސްރާއިލާ ދެކޮޅު ޝުއޫރުތައް ރާއްޖޭގައި މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައިވާތީ މި ދުވަސްވަރު ރާއްޖެ ނުދިއުމަށް އިސްރާއީލް ރައްޔިތުންނަށް އަންގައިފައެވެ. ފަލަސްތީނަށް އިސްރާއިލުން ދެމުންގެންދާ އިންސާނިއްޔަތުކަމެއް ނެތް ހަމަލާތަކުގެ ސަބަބުން ދިވެހީން ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ވެސް މުޅި ރާއްޖޭގައި ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ވަރުގަދަ މުޒާހަރާތަކެއް ވަނީ ކޮށްފައެވެ. ހަމަ އެހެންމެ އިސްރާއިލުގެ ރައްޔިތުން ރާއްޖެ އައުން ހުއްޓުވަން ގޮވާލައި މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ