ބާބަންގެ މިއަދުގެ ސޭލްގެ %50 ފަލަސްޠީނަށް އެހީވުމަށް ހަދިޔާ ކުރަން ނިންމައިފިއެވެ.
ބާބަންއިން ބުނީ މިއަދުގެ ސޭލްގެ %50 އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ހަދިޔާ ކުރާނެކަމަށެވެ.
މިއީ މިފަދަ ހަރަކާތެއް ހަނިމާދޫގެ ވިޔަފާރިއަކުން ހިންގާ ފުރަތަމަ ފަހަރެވެ. ބާބަން ވުޖޫދަށް އައިސްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. ބާބަން އަކީ ހަނިމާދޫގައި ހިންގާ ކެފޭއެކެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މި ޙަމަލާތަކުގައި 4000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން މިހާތަނަށް ޝަހީދުކޮށްލާފައިވެއެވެ.