މަކުނުދޫގައި އެއްޗެއް ގޮވާ ދެ މީހަކު ނިޔާވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހދ. މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި އެއްޗެއް ގޮވާ ދެ މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެރަށުގެ ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ ސީންގައި ހަރަކާތްތެރިވަުމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި ހާދިސާގައި ދެ މީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ދެ ބިދޭސީންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ ހަވީރު 4:15 ކަންހާއިރު އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓް ސަރަހައްދުގައި ކަމަށާއި ގޮވި އަޑު ވަރަށް ދުރަށް އަދި ވަރަށް ބާރަށް އިވުނު ކަމަށެވެ. އަދި ގޮވި ސަރަހައްދުގެ އެކި ދިމާލުގައި ކުދިކުދި ވެފައިވާ އިންސާނެއްގެ ބައިތައް ފެންނަން އެބަހުރި ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ