އިންތިޚާބީ ރައީސަށް މަރުޚަބާ ވިދާޅުވެ، އުރުދުޣާން ދެއްކެވީ ފަލަސްތީނަށް އެހީވުމުގެ ވާހަކަ

ޚަބަރު ފަހުގެ

ފަލަސްތީނުގެ ރައްޔިތުުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އުރުދުޣާންގެ މި ފޯނު ކޯލުގައި މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކަމަށް މަރުޚަބާ ދެންނެވިއެވެ.

ދެބޭފުޅުންގެ މި ފޯނު ކޯލުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ފޯނު ކޯލުގައި ތުރުކީގެ ރައީސް އުރުދުޣާން ވަނީ މެދުއިރުމަތީގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އަޑުއުފުލަމުންދާއިރު، ދިވެހިންވެސް އަންނަނީ މި އަނިޔާވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަމުންނެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ފައިސާ އެއްކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ