ދިވެހިންގެ އެހީގައި ފަލަސްތީނުގައި އަޅާ މިސްކިތުގެ 80 އިންސައްތަ ނިމިއްޖެ: އައިއޭސީ

ޚަބަރު ފަހުގެ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީން) ފަލަސްތީނުގައި ބިނާ ކުރަމުން އަންނަ މިސްކިތުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

އައިއޭސީން ބުނީ އޮކްޓޯބަރު 7 ގެ ހަމަނުޖެހުންތަކުގެ ކުރިން މިސްކިތުގެ %80 މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން މިސްކިތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމުނު އިރު، އޭގެ ތެރޭގައި ހިއްކުން، ބެކްފިލިން، ކޮންކްޓްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް ހިމެނޭ ކަމަށް އައިއޭސީން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްރާއީލްގެ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން މިސްކިތް ހިމެނޭ އިރުމަތީ ޣައްޒާ ސަރަހައްދު ވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އިއްޔެއާ ހަމައަށް އައިއިރު ވެސް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އައިއޭސީން ވަނީ ބުނެފައެވެ.

އައިއޭސީން ވަނީ މިސްކިތުގެ މަސައްކަތް ކުރިއަށް ދިޔައިރުގެ ފޮޓޯތަކެއް ވެސް އާންމުކޮށްފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ