މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލައިފި

ޚަބަރު ފަހުގެ

ހދ. މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ޙާދިސާއާއި ގުޅިގެން އެރަށު އެއަރޕޯޓް ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

މި މަސައްކަތް މެދުކަނޑާލީ މަކުނުދޫގައި ވެލްޑިން ކުރާ ސިލިންޑަރެއް ގޮވައި ބިން ހިއްކުމުގެ މަސައްކަތުގައި އަމަލީކޮށް އުޅުނު ދެމީހުން މަރުވުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 4:15 ހާއިރުއެވެ. ވެލްޑިން ކުރާ އާގަން ގޭސް އަޅާފައިހުރި ސިލިންޑަރު ގޮވިލެއް ބާރުގަދަކަމުން ދެމީހުންގެ ހަށިގަނޑުގެ އެކިބައިބައި ވަނީ ވަކިވެ ދެމީހުންގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރުވެފައެވެ. މި ދެމީހުންނަކީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގައި މަސައްކަތްކުރާ އިންޑިޔާގެ ދެ މުވައްޒަފުންނެވެ.

މި ހާދިސާއާ ގުޅިގެން އެރަށު ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު، ބިގް ފިޝް ކުންފުނިން މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މަޝްރޫޢެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ