ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.އެމަނިކުފާނު މިގޮތަށް ނިންމެވީ އަންގާރަ ދުވަހުއެވެ.
މި މަސްދަޅުތައް ހަދިޔާކުރައްވަން އެމަނިކުފާނު ނިންމެވީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ޤައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
މި އެހީއާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން، ވަކި ދައުލަތެއް އުފެއްދުމަަށާއި އަމިއްލަ ޙައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއިދު ކުރުންމަތީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބޭނެ ކަމަށެވެ.