ފަލަސްތީނަށް އެހީވުމަށް ހިންގާ ހަރަކާތްތަކަށް އާބަންކޯގެ އެހީތެރިކަން

ޚަބަރު ފަހުގެ

މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާބަންކޯއިން ނިންމައިފިއެވެ.

އެގޮތުން ފަލަސްތީނަށް އެހީވުމަށް ބޮޑު ތިން އިވެންޓްއެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް އާބަންކޯއިން ވަނީ ރާވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ ތެރޭގައި އިލްމުވެރިންގެ ގުޅުން އަދި ހިދުމަތް ޖަމްއިއިޔާއިން މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާރކްގައި “ފަލަސްތީނުގެ ހާލަތާއި މެދު” މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަން އާއި މޯމްސަ އެން.ޖީ.އޯ އިން މާދަމާ ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގ އިވެންޓުގެ އިތުރުން ކޭކް ޑޯނާރސް އިން އަންނަ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓުގައި ހިމެނެއެވެ.

ވިހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުމަށް އާބަންކޯއިންވަނީ އެދިފައެވެ.

އިސްރާއީލުގެ ހައްދުފަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ގަތުލު އާއްމު ރާއްޖެއިން ކުށްވެރިކޮށްފައިވާއިރު ކިތަންމެ ގައުމު ކުޑަޔަސް މި ދަނޑިވަޅުގައި ދިވެހިން އަންނަނީ ފަލަސްތީނާއެކު ދިވެހިންތިބިކަމުގެ މިސާލުތައް ދުނިޔެއަށް ދައްކައިދެމުންނެވެ.

އެގޮތުން ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑުފޮށިތައް ހުޅުވުމާއި ފަލަސްތީނުގެ މުސްލިމުންނާއި މުޖާހިދުންނާއި އެކު ތިބިކަން އަންގައިދިނުމަށް ގައުމީ ފެންވަރުގައި އެއްވުންތައްވެސް އަންނަނީ ބާއްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ