ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ކޯސްޓް ގާޑުން ހިފެހެއްޓި މަސްބޯޓުތަކުގެ މައްސަލަ ބަލައި އެއުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުން އެއުޅަނދުތައް އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މިއީ 18 ސެޕްޓެންބަރު ގައި ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓު ކަމަށެވެ. މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އދ.މަހިބަދޫ “އަސުރުމާ” މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިއިން ކޮންމެ ބޯޓެއް އެއްލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މަސްވެރިކަމުގެ އައު ޤާނޫނު 2019 ވަނަ އަހަރު ފާސްކޮށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށްވަދެ ޤާނޫނާ ޚިލާފަށް މަސްވެރިކަންކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަބަލައި، ފިޝަރީމް މިނިސްޓްރީއިން ވަނީ އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ