ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްއާ ޝާހިދު ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ފަލަސްތީނު ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް ރާގިބް އަހުމަދު ހަލަފް އާ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ދިވެހި ހާރިޖިއްޔާގައި ބޭއްވި ބައްދަލުވުމެއްގައި އޮނަރަރީ ކޮންސުލްގެ މަގާމުގެ ފަތްކޮޅު ރާގިބްއާ ޙަވާލުކޮށްދެއްވީ ޝާހިދުއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުވުމުގައި ޝާހިދުވަނީ ރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއި ދައުލަތާ އެކީ ތިބޭނެކަމުގެ ޔަގީންކަންވެސް ޝާހިދުވަނީ ދެއްވާފައެވެ.

ފަލަސްތީނުން ރާއްޖެއަށް އައު އޮނަރަރީ ކޮންސުލްއެއް ކަނޑައަޅާފައިވާ މި ދަނޑިވަޅަކީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގައި ހިންގަމުންދާ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު 7،000 އިން މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ