މުދަލުގެ ޒަކާތުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިއްޖެ

ޚަބަރު ފަހުގެ

މުދަލު ޒަކާތުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރު މަދުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 73 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ފާއިތުވި ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ލިބިފައި ވާއިރު ފެބްރުއަރީ މަހު ވަނީ 5 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ފާއިތުވި މާޗު މަހު 11.1 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު އޭޕްރީލް މަހު ވަނީ 22.3 މިލިއަން ރުފިޔާ ލިބިފައެވެ.

ފާއިތުވި މެއި މަހު 4.5 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު ޖޫން މަހު 3.1 މިލިއަން ރުފިޔާ އަދި ޖުލައި މަހު 7.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ފާއިތުވި އޮގަސްޓު މަހު 8.5 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު ސެޕްޓެމްބަރު މަހު ލިބިފައި ވަނީ 2.8 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7،151.90 ރުފިޔާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ