މެންބަރު ނަސީމް ޕީއެންސީއަށް ސޮއިކޮށްފި

ސިޔާސީ ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ނަސީމް ޕީއެންސީއާ ގުޅިވަޑައިގެން ފޯމު ހަވާލުކުރައްވާފައިވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله އާއެވެ.

އިޝްތިހާރު
އިޝްތިހާރު

މެންބަރު ނަސީމް މަޖިލީހަށް ހޮވިވަޑައިގަތީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ. އަދި މިހާތަނަށް ވެސް ހުންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.

ޕީޕީއެމް ޓިކެޓުގައި މަޖިލީހަށް އިންތިހާބު ވެފައިވަނީ ހަތަރު މެންބަރުންނެވެ. އަދި ޕީއެންސީގެ ޓިކެޓްގައި ވެސް އިންތިޚާބުވީ ހަތަރު މެންބަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ