ރައީސް ޔާމީން ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ސިޔާސީ ފަހުގެ

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން މިރޭ ކުރިއަށް ގެންދިޔައީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ޕީޕީއެމްގެ މައި އޮފީހުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޔާމީން ޕީޕީއެމްގެ އާންމު މެންބަރުންނާ ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނުގެ ޖަލު ބަންދަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ލުއި ދީފައި ވަނިކޮށެވެ.

އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ