އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ހަރަދު ކުރަނީ

ޚަބަރު ފަހުގެ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ހުވާ ކުރައްވާ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފިއެވެ.

ރަސްމިއްޔާތާ ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ ހަސަން ޒިޔާއު މިއަދު ވިދާޅުވީ އެ މަސައްކަތް ޓެންޑާ ބޯޑުން ހަވާލު ކޮށްފައިވަނީ ސިފައިންގެ ވެލްފެއަ ކުންފުނި (ސިވެކް)އާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ވަނީ ހަތަރު ގައުމެއްގެ އެންމެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ ގައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ގޮތަށް 3،500 މީހުންނަށް އެ ރަސްމިއްޔާތަށް ދައުވަތު އަރުވަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަނީ މުއިއްޒުގެ އެދިވަޑައިގަތުމަކަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ