ފަލަސްތީނަށް އެހީވުމަށް އެމްޕީއެލް އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި

ޚަބަރު ފަހުގެ

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ ކުންފުނިން މި ފައިސާ ހަދިޔާ ކޮށްފައި ވަނީ ފަލަސްތީނަށް އެހީވާން ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހުޅުވި ފަންޑަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޕީއެލްގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ޝާހިދު އަލީ އެވެ. އެމްއާރްސީގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ހިމްޔާއެވެ.

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް މިހާތަނަށް ވަނީ 1.6 މިލިއަން ރުފިޔާ ލިބިފައެވެ.

މީގެއިތުރުންވެސް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން އިސްނަގައިގެން ހުޅުވި އިމަޖެންސީ ފަންޑަށް 24 މިލިއަނެއްހާ ރުފިޔާ ލިބިފައިވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑް ރެއިސިން އިވެންޓުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ