އެމްޑީޕީ ދާއިމަށް މަގުމަތީގައި ބައިތިއްބަން ޖެހޭ: ރައީސް ޔާމީން

ސިޔާސީ ފަހުގެ

އެމްޑީޕީ ދާއިމަށް މަގުމަތީގައި ބައިތިއްބަން ޖެހޭ ކަމަށް ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޔާމީން ވިދާޅުވީ މަގުމަތީގައި ދެން ތިބޭނީ އެމްޑީޕީ ކަމަށާއެވެ. އަދި އެ ޕާޓީ އަކީ އެކަމަށް ފަރިތަ، މޮޅު ބައެއްކަން ފާހަގަކުރައްވައި، ޕީޕީއެމް/ޕީއެންސީގެ މަސައްކަތަކަށް ވާނީ މަގުމަތީގައި އެމްޑީޕީ ދާއިމަށް ބޭތިއްބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ކުރިއަށް އޮތީ އަރާމު ދުވަސްތަކެއް ނޫން ކަމަށާއި މަގުމަތީގައި އެމްޑީޕީން ކޮރުލައްވާ ކަމުގައިވާނަމަ، އަޅުގަނޑުމެން ވެސް ކޮރުލައްވަން ޖެހޭނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ