އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

ޚަބަރު ފަހުގެ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ފިނޭނެސް މިނިސްޓްރީން ވިދާޅުވީ ދަޢުލަތުގެ މާލިއްޔަތު ޤާނުނު އަދި ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާއި ގުޅޭ އެންމެހާ ތަފްސީލްތައްވެސް މަޖިލީހަށް އިއްޔެ ހުށައަޅާފައިވާކަމަށެވެ. ބަޖެޓާ ގުޅޭ އިތުރު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޤާނޫނު އަސާސީގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ޤަވާއިދުގައި ވަނީ އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1ގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށައަޅަންވާނެކަމަށެވެ. އަދި ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައަޅާ ޖަލްސާގައި ބަޖެޓާގުޅޭ ތަފްސީލްތައް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުންނަށް ލިބޭނެ އިންތިޒާމް ފިނޭންސް މިނިސްޓަރ ހަމަޖައްސަވަން ޖެހޭނެކަމަށެވެ.

ޢާންމު އުސޫލުން ކޮންމެ އަހަރެއްގެ ބަޖެޓާ ގުޅޭ ބަޔާން ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިގެން އިއްވަވައެވެ.

މަޖިލީހުގެ ޤަވާއިދުގައި ވާގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަވައި މެންބަރުން ބޮޑު ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެއިތުރުން މިއަހަރުގެ ޚަރަދުތައް ހަމަޖެއްސެވުމަށް ސަރުކާރުން ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުވެސް ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. ނަމަވެސް އެ މަސައްކަތްވެސް ވަނީ މަޑުޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ