ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 20 ގައި

ސިޔާސީ ފަހުގެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަ ބާއްވަން އެ ދެ ޕާޓީން ނިންމައި އެކަން މިރޭ އިއުލާންކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށެވެ

ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ. ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކޮށް ބައެއް ކެންޑިޑޭޓުން މިހާރު ވެސް ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.

ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގުޅިގެން ވާދަކުރަން ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގައި ހެދި އެއްބަސްވުމުގައިވާ ކަމަށް އެމްއެންޕީން ބުނި ނަމަވެސް މިރޭ ނެރުނު ބަޔާނުގައި އެމްއެންޕީގެ ވާހަކައެއް ނެތެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ