ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދު ކޮށްފި

ޚަބަރު ފަހުގެ

ނޮވެމްބަރު 3 ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމުވެ ތިބޭ ހުރިހާ މަރުކަޒެއްގައި ސިފައިން މިއަދު ފަތިސް ނަމާދު ކުރީ ޖަމާއަތުގައެވެ. މާލޭގައި ސިފައިން ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. ފަތިސް ނަމާދަށްފަހު ނަސްރުގެ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަޞްރުގެ ދުވަހާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރި ޖަމާޢަތުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންވަނީ ބައިވެރިވެފައެވެ.

1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަސް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚް ނުދެކޭފަދަ ބިރުވެރި ކަންތައްތަކަކާ ދިވެހިން ކުރިމަތިލާންޖެހުނު ދުވަހަކަށެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވަނީ 1988 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ޢުދުވާނީ ޙަމަލާގައި ދީނާއި ޤައުމަށްޓަކައި ޝަހީދުވި ޢަބުޠާލުންގެ ޒިކުރާ އާކޮށް އެދުވަހު ލިބުނު ނަޞްރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ