އިސްރާއީލަށް ތާއީދު ކުރި ދިވެހި މީހާއާ ދެކޮޅަށް އަޑު އުފުލައިފި

ޚަބަރު ފަހުގެ

ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ހިޔާލު ފާޅު ކުރި ސާފިން ކޯޗު އަހުމަދު އަޒްނިލަށް ދެކޮޅަށް މާލޭގައި މިރޭ އަޑުއުފުލައިފިއެވެ.

އެނގިފައިވާ ގޮތުގައި އަޒްނިލް މާލެ އައި ވަގުތު ޒުވާނުންތަކެއް ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ކައިރިން އަޒްނިލް ދިމާކޮށްލައިފައެވެ. އަދި އެ ސަރަހައްދުގައި ތިބި ބަޔަކު ވަނީ އަޒްނިލްއަށް ހަމަލާ ވެސް ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާއެކު ފުލުހުން ވަނީ އެނާ ސަލާމަތްކޮށް، ފުލުހުންގެ ކާރަކަށް އަރުވައިފައެވެ. އަދި ފަހުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެންގޮސް ހިމާޔަތް ދީފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މިރޭ 9:46 ހާއިރު ބޮޑުތަކުރުފާނު މަގު ބޭންކް އޮފް ސިލޯން ކައިރީގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ މާރާމާރީއާ ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށް ބުނުން ފިޔަވާ އެއްވެސް މައުލޫމާތެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މީގެކުރިން އަޒްނިލް ވަނީ، “އައި ސްޓޭންޑް ވިތު އިސްރާއީލް” ކަމަށް ބުނެ އޭނާ އިސްރާއީލޭ ކިޔުނު ޔަހޫދީ ޓެރަރިސްޓު ޖަމާއަތަށް ތާއީދުކުރާކަން ހާމަކޮށް އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ