އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ އަޑުއެހުންތައް ފަށައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކުރިއަށް ނުދާތީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށައިފިއެވެ.

މިއަދުގެ ޝަރީއަތް ފެށްޓެވުމަށް ފަހު، ފަނޑިޔާރު މަހާޒު އަލީ ވިދާޅުވީ މިއަދުގެ އަޑުއެން އެއް ގަޑިއިރަށް ކުުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއަދުގެ އަޑު އެހުން ފަށަން އޮތް ނަމަވެސް 10:00 އެ އަޑުއެހުން 10:08 ފެށުނީ ޝާމިލުވާ ޕާޓީތަކުން އަމަލުކުރި ގޮތުގެ ސަބަބުން ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

މައްސަލަ ފަށްޓަވަމުން ފަނޑިޔާރު މަހާޒު އިތުރަށް ވިދާޅުވީ، މިއަދުގެ 11:50 އާ ހަމައަށް ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދަވާނެ ކަމަށާއި އެ ހިސާބަށް އަޑުއެހުންތައް ނިންމައިނުލެވިއްޖެ ނަމަ 12:30 އިން 1:30 އަށް އަޑުއެހުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެވަގުތާ ހަމަައަށް ވެސް އަޑުއެހުންތައް ނުނިމިއްޖެ ނަމަ މާދަމާ ހެނދުނު 9:00 ގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމްޑީޕީން ސްޕްރީމް ކޯޓުގައި އެދިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ ބ ގައި ވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައި ވާގޮތަށް މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ 5 މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށާ އެގޮތަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ.

އަދި އޭގެ އިތުރަށް މަޖިލީހުގެ ރައީސް ވަކިކުރަން ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ ގައި ބަޔާން ކޮށްފައި ވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހެޅިފައިވާ ގަރާރަށް ގޮތެއް ނިންމުމަށްފަހު ފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ޢަހުން ހިތުން ތިޔައިގެ ވާހަކަ ދައްކާނެ ތަނެއްވެސް ނެތް ކަނޑައެޅިގެން އެބަ އެނގޭ ހަމަގަސްދުގައި މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ޑިމޮކްރެޓިކްގެ ނަމުގައި މަސައްކަތް ކުރާ ޑިކްޓޭޓަރޝިޕް ބައިގަނޑުގެ ރޭވުމެއްކަން ހުށައެޅިގޮތަށް ފާސްކުރަންވީ