ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ބޭހެއް ރާއްޖޭގައި ނުވިއްކުމަށް އަންގައިފި

ޚަބަރު ފަހުގެ ޞިއްހަތު

ކެއްސުމާއި ރޯގާއަށް ބޭނުން ކުރަމުންދާ ބޭހެއްގައި ކެމިކަލް އެކުލެވިގެންވާ ކަމަށް ޝައްކު ކުރެވި، އެ ބޭސް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނާގޮތުން ކެއްސުމާއި ރޯގާއަށް އާންމުކޮށް ބޭނުންކުރާ ބޭޙެއް ކަމަށްވާ “ސިޓްރިޒެން” ގައި ކެމިކަލް އެކުލެވިގެންވާކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީންކުރިއިރު އެ ބޭހުގެ (އެތިލީން ގްލައިކޯލް) ހުރިކަން ވަނީ ކަށަވަރުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން މި ބޭހުގެ މިހާރު ބޭނުންކުރާ ބެޗުތައް(ބެޗް ނަންބަރ B220) އިތުރަށް ތަހުލީލްކުރުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާތީ، ޓެސްޓުގެ ނަތީޖާ ލިބި ބޭޙުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން “ސިޓްރިޒެން” އެތެރެ ކުރުމާއި ވިއްކުމަށް އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.

2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ދުނިޔޭޣެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމުގެ އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ވިހަ މާއްދާއެއް ކަމަށްވާ އެތިލީން ގްލައިކޯލް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްޚަތާއިބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯއިން ވަނީ އިންޑިއާގެ ކުންފުނިތަކުން އުފެއްދި ބައެއް ކޯފް ސިރަޕްތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް އެލާޓް ނެރެފަ އެވެ. އެއީ, އޭގައި ސިއްހަތަށް ނުރައްކާވާ ދެ މާއްދާ ކަމަށްވާ “ޑައިއެތިލީން ގްލައިކޯލް” އަދި “އެތިލީން ގްލައިކޯލް” ވަރަށް ގިނައިން ހުރުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ