ވައިކަރަދޫ ޓީމް ވިޔެސް ފަސޭހަ ކަމާއިއެކު ބަލިކޮށް ޓީމް ހަނިމާދޫ 3 ވަނަ މޮޅު

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ 3 ވަނަ މެޗުގައި ޓީމް ހަނިމާދޫން ވައިކަރަދޫ ޓީމް ވިޔެސް ފަސޭހަ ކަމާއިއެކު ބަލިކޮށްފިއެވެ.

ސީދާ 3 ސެޓުން މެޗު ކާމިޔާބު ކުރިއިރު ޓީމް ހަނިމާދޫ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 25-05، 25-03 އަދި 25-09 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ހަނިމާދޫގެ ޖާޒީ ނަންބަރު 10 އާއިޝަތު މާޖިދާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޓީމް ހަނިމާދޫ އަންހެން ޓީމް މެޗެއް މާދަމާ ހަވީރު ކުޅޭއިރު ބައްދަލު ކުރާނީ ނޮޅިވަރަންފަރު ލައިކަންނާއެވެ.

މި މުބާރާތުގައި ވާދަކުރާ އަންހެން ޓީމް ތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް އަދި ވައިކަރަދޫ ޓީމް ވިޔެސް އާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ