އައިޕީޔޫގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ކޮމިޓީގެ ޗެއަރގެ މަޤާމަށް ޖީހާން

ޚަބަރު ފަހުގެ

އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ކޮމިޓީގެ ޗެއަރގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދު އިންތިޚާބުވެވަޑައިގަންނަވައިފިއެވެ.

ޖީހާން އެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ޖީހާނަށް މަރުޙަބާ ދަންނަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އައިޕީޔޫގެ މި މަޤާމުގައި ޖީހާންއަށް 2025 ވަނަ އަހަރާއި ހަމައަށް ދެމިހުންނެވޭނެއެވެ.

އިންޓަރ ޕާލިމެންޓަރީ ޔޫނިއަނަކީ 1889 ވަނަ އަހަރުން ފެށިގެން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ބޭނުމަކީ ޑިމޮކްރެޓިކް ގަވަނަންސްގެ ތެރެއިން ޤައުމުތަކުގައި ޤާނޫނު ހަދާ މަޖިލިސްތައް ކުރިއަށް ގެންދިއުމާއި، މަޖިލީހުގެ ތެރެއިން އަންހެން މެންބަރުންނަށް ގޮނޑި ލިބޭ ފުރުޞަތު އިތުރުކޮށް، ޒުވާނުން ސިޔާސީ މައިދާނަށް ނިކުތުމަށް ބާރުއެޅުމެވެ.

މި ޔޫނިއަންގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ އެ ޖަމްޢިއްޔާގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުހިންމު އެއް ކޮމެޓީއެވެ. މިއީ ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ