ރައީސްގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މުލީއާގެ ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ.

ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30، 2018 ގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެނގިފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުން ދިރިއުޅުން މިހާރު ބަދަލުކުރައްވާފައި ވަނީ، ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރުއުޅުއްވަމުން ގެންދަވާ މ. ސަނީ އަށެވެ.

ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވި ނަމަވެސް، ހުވާކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދިރިއުޅުން މުލީއާގެއަށް ބަދަލުކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަގުތީ ގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. އެއީ، 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

އެއަށް ފަހު 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވާފައި ވަނީ މުލީއާގޭގައެވެ.

އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު މުލީއާގެ ބޭނުންކުރައްވާފައި ވަނީ އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅު ކުރެއްވުމަށެވެ. މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ބަދަލުގައި ދިރިއުޅުއްވީ އެ މަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައެވެ.

މުލީއާގެ ބިނާކޮށްފައި ވަނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ