ގެމަނަފުށީ ”އޯކިޑް 707” ދޯނި ބިންދައިގެން ގޮސްފި

ޚަބަރު ފަހުގެ

ގެމަނަފުށީގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ދޯންޏެއް ކަމަށްވާ “އޯކިޑް 707” ބިންދައިގެން ގޮސްފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި ދޯނި ބިންދައިގެން ދިޔައީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުގައި އޮށްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ސިފައިން ބުނީ މި ިޙާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށެވެ. ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ޙާލު ރަގަޅުކަމަށް ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓް ‘ ދޮށިމޭނާ’ ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ